ރަޙުމަރްތެރިޔާ އިޚްތިޔާރުކުރުމުގައި ވިސްނާލަންވީ ނުކުތާއެއް!
ރަހުމަތްތެރިޔާގެ ޝަރުތުތައް ބޮޑު ޢިލްމުވެރިއެއް ކަމުގައިވާ އިބްނު ޖުޒައްޔު އަލްޣަރްނާޠީ رحمه الله ވިދާޅުވެފައިވެއެވެ. " މީސްތަކުންގެ (ތެރޭގައި) ތިން ވައްތަރެއްގެ މީހުންވެއެވެ: (ފުރަތަމައީ) ރައްޓެހިންނެވެ. އަދި އެއީ (މިސްތަކުންގެ) ތެރެއިން މަދު ބައެކެވެ. (ދެވަނައީ) ދަންނަ މީހުންނެވެ. އަދި އެއީ (މިސްތަކުންގެ ތެރެއިން) ތިބާއަށް އެންމެ ގެއްލުން ބޮޑު މީހުންނެވެ. (ތިންވަނައީ) އެމީހަކު ތިބާ ނުދަންނަ، އަދި ތިބާވެސް އެމީހަކު ނުދަންނަ މީހާއެވެ. ފަހެ ތިބާ ވަނީ އޭނާގެ ކިބައިން ސަލާމަތްވެގެންނެވެ. އަދި އޭނާވެސް ވަނީ ތިބާގެ ކިބައިން ސަލާމަތްވެގެންނެވެ. ފަހެ، (އިސްވެ ދިޔަ ވައްތަރުތާކުގެ ތެރެއިން) އެކުވެރިޔާއާ ބެހޭގޮތުން (ތަފްޞީލެއް) ދަންނަވާނަމަ، އެ އެކުވެރިޔެއްގެ ޝަރުތުތައް ހަތެކެވެ. ...