ޤަޟާ ޤަދަރަށް ކެތްތެރިވުން

ނޯޓު: މިލިޔުމަކީ، އައްޝޭޚް ޞާލިޙް ސިންދީ حفظه الله ލިޔުއްވާފައިވާ ފޮތް، “المراقي الوعي” އާއި، އެބޭފުޅާގެ ބައެއް ދަރުސްތަކުން އަޅުގަނޑަށް ޙާޞިލުވެފައިވާ ބައެއް ފައިދާތަކުގެ މައްޗަށް ބިނާކޮށް، އެއީ އަޞްލެއްކަމުގައި ބަލައިގެން ތައްޔާރުކޮށްފައިވާ ލިޔުމެކެވެ. ޤަޟާ ޤަދަރަކީ ކޮބާ؟ ޤަޟާ ޤަދަރަކީ؛ އެންމެ އިހުއްސުރެ ﷲ ތަޢާލާ ކޮންމެކަމެއްވެސް މިންވަރު ކުރެއްވުމާއި، އަދި އެކަމެއް ވާނެގޮތާއި ވަޤުތާއި ޞިފަ އެކަލާނގެ ޢިލްމުފުޅުގައި އަޒަލުއްސުރެ ދެނެވޮޑިގެންވުމާއި، އަދި އެއަށްފަހު އެކަލާނގެ އެންމެހައި ކަމެއް ލިޔުއްވާފައިވުމާއި، އަދި އެކަމެއްގެ ވަޤުތު ޖެހުމުން އެކަމަކަށް އިރާދަފުޅުކުރެއްވުމާއި، އަދި އެކަން އެކަލާންގެ އިރާދަފުޅުކުރެއްވި ގޮތަކަށް އެކަމެއް ވުމާއި އެކަމެއް ޚަލްޤުކުރެއްވުމެވެ. އެއީ ހެޔޮ މިންވަރާއި ނުބައި މިންވަރެވެ. އެއީ އަހަރެމެން ކޮންމެ މުސްލިމަކުވެސް އީމާންވާންޖެހޭ ހަ ރުކުނުގެ ތެރެއިން އެއް ރުކުނެވެ. އެރުކުނަށް ފުރިހަމައަށް ބޯލަނބައި އީމާން ނުވެއްޖެ ކަމުގައިވާނަމަ މީހާގެ އީމާންކަން ފުރިހަމައެއް ނުވާނެއެވެ. ޤަޟާ ޤަދަރުގެ ހަތަރު ދަރަޖައެއް އެކުލެވިގެންވެއެވެ. އެއީ؛ ...

August 14, 2024 · ކިޔާލެވޭނީ 13 މިނިޓުން